ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު : (IUL)230-AHI/230/2024/18 އިއުލާނާއިގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެޢިއުލާން ބާޠިލް ކޮށް އަލުން މަރިޔާދުގޭގައި ހަދާފައިވާ ގަރާޖު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 މާރިޗް 03 ވާ އާދިއްތަ ދުވަހުގެ 10.00 އަށް އަތޮޅުކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2024 މާރިޗް 06 ވާ ބުދަ ދުވަހުގެ 11.00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ 2024 މާރިޗް 06 ވާ ބުދަ ދުވަހުގެ 11.05 ގައެވެ. އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން އަންދާސީ ހިސާބު ކަނޑާވަގުތު މިއިދާރާއަށް ހާޒިރުވެ ތިއްބެވުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6602522 ފޯނާއި ގުޅުއްވުން އެދެމެވެ.
18 ޝައުބާން 1445