ދިވެހިރާއްޖެ
ސީޒޯން ލައިސަންސް ބުރުގައި ބައިވެރިވުމުގެ ފުރުޞަތު
ށ. އަތޮޅު ކައުންސިލާ، މިކައުންސިލް ގުޅިގެން ސީޒޯންގެ އެއްގަމާއި ކަނޑުގެ ލައިސަންސް ބުރެއް 2024 މާރިޗު ފުރަތަމަ ހަފްތާގައި ގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ލައިސަންސް ބުރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 03 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުށްވުމަށް ދަންނަވަމެވެ. މި ލައިސަންސް ބުރުގައި ސައިކަލު، ބަގީ، ޑިންގީ/ލާންޗު އަދި ދޯނި ދުއްވުމުގެ ލައިސަންސްވެސް، ނެގޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ލައިސަންސް ހެއްދުމަށް އެދި ހުށައަޅާ ފޯމް މިކައުންސިލުން ރަސްމީ ދުވަސްތަކުގައި 09:00 ން 12:00 ށް ލިބެންހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
އަދި ދަންނަވަމެވެ. ލައިސަންސް ބުރުގައި ބައިވެރިވުގެ ޚިދުމަތުގެ ފީ ގެ ގޮތުގައި -/100ރ (ސަތޭކަ ރުފިޔާ) އަދި ތިއަރީ ޓެސްޓް ފީ އެއްގެ ގޮތުގައި -/100ރ (ސަތޭކަ ރުފިޔާ) ބައިވެރިވާ ފަރާތްތަކުން ޖަމާކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. މި ފައިސާ ޖަމާކުރައްވާނީ، މި ކައުންސިލް ނަންބަރު (1311 ޚަރަދު 02) 7724700303004 އެކައުންޓަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.