ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތަކާއި ބަނދަރު ބައްތިތަކަށް ކަރަންޓް ވައިރު އެޅުމާއި ކަރަންޓް ގުޅައިދިނުމުގެ މަސައްކަތަށް:

މަގުބައްތިތަކާއި ބަނދަރު ބައްތިތަކަށް ކަރަންޓް ވައިރު އެޅުމާއި ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)417-IMS/417/2023/93 އިޢުލާން އާއި ގުޅިގެން ހުށަހެޅި އަންދާސީހިސާބު އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން މިއިޢުލާނާއެކު އާންމުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، މަގު ބައްތި ތަކާއި ބަނދަރު ބައްތި ތަކަށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން  އާންމު ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި ތިރީގައި އެވަނީއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

07 މާރިޗު 2024 ގަޑި: 13:15 ތަން: ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2024
ހޯދާ