ދިވެހިރާއްޖެ
އިޢުލާނު
އދ.ދިއްދޫ އަތިރި މައްޗާއި ހުސްބިންތަކުގައި ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު" ފަދަ ތެކެތި ބަހައްޓައިގެން ވިޔަފާރި އުސޫލުން ބިން ބޭނުން ކުރުމާއި އެފަދަ ޙިދުމަތްތަކުން ފީ ނެގުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޙިޔާލު ހޯދުން
އދ.ދިއްދޫ އަތިރި މައްޗާއި ހުސްބިންތަކުގައި ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު" ފަދަ ތެކެތި ބަހައްޓައިގެން ވިޔަފާރި އުސޫލުން ބިން ބޭނުން ކުރުމާއި އެފަދަ ޙިދުމަތްތަކުން ފީ ނެގުމާއި ގުޅޭ ގޮތުން އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ޙިޔާލު ހުށަހެޅުމަށް މިއަދުން ފެށިގެން 06 މާރިޗް 2024 ވާ ބުދަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. ވީމާ، މިއިދާރާގައިވާ ޙިޔާލު ފޮއްޓަށް ނުވަތަ ތިރީގައި މިދަންނަވާ އީމެއިލް މެދުވެރިކޮށް ރައްޔިތުންގެ ޙިޔާލު ހުށަހެޅެއްވުމަށް ދެންނެވީމެވެ.
އީމެއިލް އެޑްރެސް: [email protected]
ނޯޓް: އދ.ދިއްދޫ އަތިރި މައްޗާއި ހުސްބިންތަކުގައި ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު" ފަދަ ތެކެތި ބަހައްޓައިގެން ވިޔަފާރި އުސޫލުން ބިން ބޭނުން ކުރުމާއި އެފަދަ ޙިދުމަތްތަކުން ފީ ނެގުމާއި ގުޅޭ ގޮތުން އެކުލަވާލާފައިވާ އުޞޫލު ތިރީގައި އެވަނީ އެވެ.
18 ޝައުބާން 1445
28 ފެބްރުވަރީ 2024