ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ޚިދުމަތް ދިނުމާ ގުޅޭ:
1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދު ދުވަސް ތަކެއްގެ ގޮތުގައި ހަމަޖައްސަވާފައި ވާތީ، މި ދުވަސްތަކުގައި މިކުންފުނިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުމަށްޓަކައި، (ހުކުރު ހޮނިހިރު ފިޔަވައި) މި ދަންނަވާ ގޮތުގެ މަތިން ޚިދުމަތް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
- · ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގ ކައުންޓަރުގެ ޚިދުމަތް ދިނުން:
- މި ކުންފުނީގެ ހެޑްއޮފީހުގެ ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގގެ ޚިދުމަތްދޭ ކައުންޓަރު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 ން 13:30 ށް ހުޅުވިފައި ހުންނާނެ.
- ހުޅުމާލެ އިންޖީނުގޭގެ ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގގެ ޚިދުމަތްދޭ ކައުންޓަރު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 ން 13:30 ށް ހުޅުވިފައި ހުންނާނެ.
- · އިންފޮމޭޝަން ކައުންޓަރުގެ ޚިދުމަތް ދިނުން:
- މި ކުންފުނީގެ ހެޑް އޮފީހުގެ އިންފޮމޭޝަން/ލިޔެކިޔުމާއި ތަކެތި ބަލައިގަންނަ ކައުންޓަރު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 ން 13:00 ށް ހުޅުވިފައި ހުންނާނެ.
- · ސޭލްސް ސެންޓަރުގެ ޚިދުމަތްތައް:
- މި ކުންފުނީގެ ސޭލްސް ސެންޓަރު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 13:00 ން 16:00 ށް ހުޅުވިފައި ހުންނާނެ.
- · އަތޮޅުތަކުގެ ރަށްތަކުގެ އިންޖީނުގެތައް:
- މިކުންފުނިން ޚިދުމަތް ފޯރުކޮށްދޭ އަތޮޅުތަކުގެ ރަށްތަކުގެ އިންޖީނުގެތަކުން ޚިދުމަތް ފޯރުކޮށްދޭ ކައުންޓަރުތައް ވެސް، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 11:00 ން 12:00 ށް ހުޅުވިފައި ހުންނާނެ.
މީގެއިތުރުން، މި ކުންފުނިން ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް، ކުންފުނީގެ އިދާރީ މަސައްކަތްތައް ވެސް ރަމަޟާން މަހުގެ ފަހު 10 ގެ ހުކުރު އަދި ހޮނިހިރު ފިޔަވައި، އެހެން ދުވަސަތަކުގައި މިކުންފުނިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.
18 ޝަޢުބާން 1445
28 ފެބުރުވަރީ 2024