މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް 1500KG ގެ ރަށުޕިކަޕް ހޯދުން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު­­

މި އިދާރާއަށް 1500KG ގެ ރަށު ޕިކަޕެއް ގަންނަން އިޢުލާން ކުރަމެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 މާރިޗު 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ގުޅީ ކައުންސިލް އިދާރާއަށެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ [email protected]  އަށް މެއިލްގެ ޒަރިއްޔާއިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

18 ޝައުބާން 1445

28 ފެބުރުވަރީ 2024

28 ފެބުރުވަރީ 2024
ހޯދާ