މަޤާމު
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ކްލެސިފިކޭޝަން
|
ސީނިއަރ އޮފިސަރ ގްރޭޑް 1
|
ރޭންކް
|
MS 1
|
ސަރވިސް
|
އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް
|
ސެކްޝަން
|
ޖެނެރަލް އެޑްމިނިސްޓްރޭޝަން
|
މުސާރަ
|
-/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސާއި އުޖޫރަ
|
އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ބޭނުންވާ އަދަދު
|
1
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- މިނިސްޓަރ އޮފް ސްޓޭޓް އަދި ޕީ.އެސް ގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި، އަދި އެބޭފުޅުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މިނިސްޓްރީގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- ސެކްޝަން މެދުވެރިކޮށް މި މިނިސްޓްރީއާއި، އެމް.އެން.ޑީ.އެފްގެ މުވައްޒަފުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
- މިނިސްޓްރީއާއި، އެމް.އެން.ޑީ.އެފް އިން ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި އިޖުތިމާޢީ ހަރަކާތްތަކުގެ ކަންކަން ވިލަރެސްކުރުން.
- އިދާރީ ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން.
- ރިސެޕްޝަންއިން ދެވޭ ޚިދުމަތްތައް ރަނގަޅަށް ދެވޭކަން ކަށަވަރުކުރުން.
- ފައިލިންގ ނިޒާމް ބެލެހެއްޓުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން
|
29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/ އަމީރުއަހްމަދު މަގު)އަށް
|
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި އެފޯމާއެކު ހުށަހަޅަންޖެހޭ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު. (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތު އެނގޭގޮތަށް)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ
- މަސައްކަތު އަޚުލާޤް
- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
|
އިންޓަވިއު ކުރުން
|
- މިމަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 12 މެއި 2015 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 3 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.
- ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.
|
މަސައްކަތްކުރަންޖެހޭތަން
|
މި މަޤާމުގައި ވަޒީފާ އަދާކުރާމުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.
|
އިތުރު މަޢްލޫމާތު
|
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.
|