ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-377584

ބޭނުންވާ އަދަދު:

1 (އެކެއް )

ގިންތި

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ކޯޕްރޭޓް އެފެއަރޒް

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަޤާމުގެ މުސާރައިގެ %35.

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3- މުވައްޒަފުންގެ މަޢުލޫމާތު ސީ.އެސް ވިއުގައަށް އަޅައި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ސީ.އެސް ވިއުގަ ގެ ޑާޓާ އެންޓްރީގެ މަސައްކަތްތަކާއި ޑާޓާ ވެރިފިކޭޝަންގެ އެންމެހައި މަސައްކަތްތައް ކުރުން

4- އެޗްއާރު ޔުނިޓުން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރަންޖެހޭ ލިޔުންތައް ގެޒެޓްގައި ޝާއިޢު ކުރުމުގެ މަސައްކަތް ކުރުން

5- އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތަކުގައި ހުންނަންޖެހޭ މަޢުލޫމާތު ޤަވާޢިދުން ފުރިހަމަ ކުރުމާއެކު އެ ފައިލްތައް ރައްކާތެރިކަމާއެކު ތަޅުލެވޭތަނެއްގައި ބެލެހެއްޓުން

6- އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ފުރިހަމަކުރުމާ ގުޅޭގޮތުން ސިވިލްސަރވިސް ކޮމިޝަނުން ފޮނުވާ އެންމެހައި މަޢުލޫމާތު ސުޕަވައިޒަރުންނާ ޙިއްޞާކުރުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.

7- އެޗް. އާރު ޔުނިޓަށް އަންނަ އެންމެހައި ލިޔެކިޔުން އެންޓްރީންނަގައި އެ ކަމާގުޅޭ މައްސަލައަކާ އެ ލިޔުން ގުޅުމާއި ންމެހައި މައްސަލަތައް ނިމުމުން އެ ކަމާގުޅޭ ލިޔުންތައް ފައިލް ކުރުން.

8- މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

9- މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކޮށް މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުން.

10- މުވައްޒަފުންގެ މަޢުލޫމާތު ސީ.އެސް ވިއުގައަށް އަޅައި އަޕްޑޭޓްކޮށް ބެލެހެއްޓުން.

11- ސްޓޭޓް ހައުސްގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާ އެ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުމަށްފަހު ރިޕޯޓްކުރުން.

12- ކައުންސިލްގެ އިދާރާގެ އިދާރީ އޮނިގަނޑު އަދި މެންޑޭޓް ރިވިއުކުރުން

13- ސްޓޭޓް ހައުސްގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާ އެ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުމަށްފަހު ރިޕޯޓްކުރުން.

14- މުވައްޒަފުންގެ މުސާރަ ޝީޓްތައް ތައްޔާރުކޮށް މުސާރަ ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

15- ސީ.އެސް ވިއުގަ މެދުވެރިކޮށް ފޮނުވަންޖެހޭ އެޕޮއިންޓްމެންޓްތަކާއި ޓަރމިނޭޝަން އަދި އެހެނިހެން ރިކުއެސްޓްތައް ފޮނުވުން.

16- އެކި އެކި ކޯސްތަކާ، ބައްދަލުވުންތަކަށް ފޮނުވާ މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުމާއި ކޯސްތަކަށް ފޮނުވުމާ ބެހޭ ކަންތައް ބެލެހެއްޓުމާއި ސިވިލް ސަރވިސް މުވައްޒަފުންނަސް ބާއްވާ އެކިއެކި ޓްރެއިންނިގ ތަކާއި ބައްދަލުވުންތައް އިންތިޒާމުކޮށް ބެލެހެއްޓުން.

17- މުވައްޒަފުން ރަސްމީގަޑީގައި އެކިކަންމުގައި ބޭރަށް ދާ ގަޑި ނޯޓުކުރާ ޝީޓްތައް ޤަވާއިދުން ފައިލަށް ލުމާއި މަސް ނިމުމުން އެ ލިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން 

18- އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

19- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމުތައް ކޮމިޓީގެ ޗެއަރޕާސަން އަންގަވާ ގޮތެއްގެ މަތިން ހަމަޖެއްސުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

20- އަތޮޅު ކައުންސިލް މުވަޒަފުންގެ ޗުއްޓީ ތާވަލް ކޮންމެ އަހަރެއް ފެށުމުން ސުޕަވައިޒަރުން މެދުވެރިކޮށް ހަދައި އެ ތާވާލު މުވައްޒަފުންނަށް ފެންނާނޭހެން ބެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް ( ޕްރިފަރޑް ) :

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ، ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް،ޑިމޮގްރަފީ،ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެޑިޔުކޭޝަން، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑިޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

1.ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް  ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާ ންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

1- އަސާސީ ޝަރުތު ހަމަވުން %30

2- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5

3- ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންގއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5

4- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

5- އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެޓިކަލް )  %20

6-  އިންޓަރވިއު  %35

މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓުލިބިފައިވާ ނަމައެވެ.

މި މަޤާމަށް ތަޢުލީމާ ތަޖުރިބާގެ ބަޔަށް ޕޮއިންޓްދެވޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ، ތަޖުރިބާގެ މުއްދަތު ފިޔަވައި އެއަށްވުރެއް މަތިން ޙާޞިލްކޮށްފައިވާ ތަޢުލީމާ ތަޖުރިބާގެ މުއްދަތަށެވެ.

ކަނޑައެޅިފައިވާ ޤަވާއިދު ތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެwww.halifatoll.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މާރިޗް 05 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓް ލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު ކުރުން އޮންނާނީ 2024 މާރިޗް 01 ވަނަ ދުވަހާއި 20ވަނަ ދުވަހާއި ދެމެދުގެ ތާރީޚެއްގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ކައުންސިލްގެ ހޮޓްލައިން 1658 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

27 ފެބުރުވަރީ 2024
ހޯދާ