މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީގެ މަގުތަކާއި ރަށުގެ ވަށައިގެންވާ ސަރަޙައްދު ތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި އިންދާފައިވާ ގަސްތައް ނެގުމާގުޅޭ

                                                                ނަމްބަރ: (IUL)320-ADHR/320/2024/02

އިޢުލާން

 

އޭދަފުށީގެ މަގުތަކާއި ރަށުގެ ވަށައިގެންވާ ސަރަޙައްދު ތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި އިންދާފައިވާ ގަސްތައް ނެގުމާގުޅޭ:

                  އޭދަފުށީގެ މަގުތަކާއި، ރަށުގެ ވަށައިގެންވާ ސަރަޙައްދުތަކަކީ އަމާން އޮމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަކީ މިކައުންސިލުން ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދޭކަމެކެވެ. ރަށުގެ މަގުތަކާއި ވަށައިގެންވާ ސަރަހައްދު ތަކުގައި އެކިއެކި ފަރާތްތަކުން ކައުންސިލްގެ ހުއްދަނެތި ގަސް އިންދާ ތަކެތި ބަހައްޓާފައިވާކަން މިކައުންސިލަށް ވަނީ ފާހަނގަކުރެވިފައެވެ. އަދި ކުރިންވެސް އެކި ފަހަރުމަތިން މިގޮތަށް ބެހެއްޓިފައިވާ ތަކެތި ނެގުމަށް ރައްޔިތުންނަށް އެކިފަހަރުމަތިން ވާނީ  އެންގިފައެވެ. ނަމަވެސް ދެވިފައިވާ މުއްދަތުގައި ތަކެތި ނަގާފައިވަނީ ވަރަށް މަދު ފަރާތަކުންނެވެ.             

މަގުތަކުގައި ބެހެއްޓޭނެތަކެތި.

-          މަގުމަތީގައި އިންދޭނީ ނުވަތަ ޕޮޓްގައިވިއަސް ބެހެއްޓޭނީ "ހަމައެކަނި ކޮޕީގަސް"، އަދި އެއީ އިމުން ފެށިގެން 18 އިންޗި ފާރާ ކައިރި 

-          ކޮޕީގަސްތައް ވަށައިގެން ޓިނު ގައު،ފިލާ ފަދަތަކެތި ލައްކޮށްފައި ބެހެއްޓުމަކީ މަނާކަމެއް

-          10 ފޫޓް ރޭޑިއަސްއަށް މަގުގެ ކަންވައްކޮށްފައި ހުންނައިރު 10 ފޫޓްގެ  ރޭޑިއަސްތެރޭ (މަގުމަތީގައި) އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެއް.

-           ތާރުއެޅި މަގުތަކުގެ ދުވާރުމަތީގައި އެއްވެސް އެއްޗެއް އަދި ގަހެއްވިއަސް ބެހެއްޓުމަކީ މަނާކަމެއް.

-          މަގުމަތީ ފާރުގައި ފިލާހަރުކޮށް ޕޮޓްފަދަ ތަކެތީގައި ގަސް ބެހެއްޓުމަކީ މަނާކަމެއް.

           ވީމާ، މަތީގައި ދެންނެވިފައިވާގޮތާއި ޚިލާފަށް މަގުތަކުގައި ބަހައްޓާފައިވާ ތަކެތި 09 މާރިޗު 2024 (ހޮނިހިރު) ގެ ކުރިން ނެގުމަށް ރައްޔިތުންނަށް އަންގަމެވެ. އަދި މިކަމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

އަދި، ދަންނަވަމެވެ. ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން މަގުމަތީގައި ބަހައްޓާފައިވާ  ތަކެއްޗަކީ ވެރިފަރާތެއްނެތް ތަކެތިކަމުގައިބަލާ ކައުންސިލުން އެތަކެއްޗާއިމެދު ނިންމާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   17  ޝަޢުބާން   1445ހ

27 ފެބުރުވަރީ 2024
ހޯދާ