ދިވެހިރާއްޖެ
ގދ. ފިޔޯރީ ސަހަރާ އަދި ހުކުރުމާ މިސްކިތުގެ ކުޑަ ހަރިމުތެރެ ފިޔަވައި ގޯތި ތެރެ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކައުންސިލްގެ 2023 ވަނަ އަހަރުގެ 53 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން 2024 މާރޗް 4 ވާ ހޯމަ ދުހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް ބީލަން ތައްޔާރުކޮށް 2024 މާރޗް 6 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވާ ބީލަން ހުޅުވުމުގެ ބައްދަލުވުމުގެ ބައިވެރިވެދެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
މަސައްކަތާއި މައުލޫމާތު:
- ސަހަރާގެތެރެ އަދި ވަށައި ރޭނިފައިވާ ހަތަރު ފާރުން ބޭރު 5 ފޫޓަށް ކުނި ކަހާ ސާފުކުރުން.
- ސަހަރާ ތެރޭގައިވާ ހިޔާ ދޭ ބޮޑެތި ގަސްތައް ފިޔަވައި އެހެނިހެން ހުރިހާ ގަސްތަކަކާއި ވިނަ ނޮޅައި ސާފުކުރުން.
- ހުކުރު މާ މިސްކިތުގެ ކުޑަ ހަރިމުތެރެ ފިޔަވައި ގޯތިތެރޭގައިވާ ހުރިހާ ގަސްތަކަކާއި ވިނަ ތަކެއް ނޮޅައި ސާފުކުރުން. (ވިނަގަޑުގެ އުސް މިން 1 ފޫޓަށް ވުރެ ދިގުނުވާނެހެން އަބަދުވެސް ސާފުކޮށްފައި ބަހައްޓަން ވާނެއެވެ.)
- މަސައްކަތް ކުރުމުގައި ބޭނުންކުރާނީ އެފަރާތެއްގެ އަމިއްލަ ވަސީލަތްތަކެވެ.
- ސާފުކުރެވޭ ކުނިތައް އުކާނީ މި އިދާރާއިން ކުނި އުކުމަށް ޚާއްސަ ކުރެވިފައިވާތަނަށެވެ.ކުނި ނައްތާކުމުގެ ގޮތުން އެންދުމަކީ މަނާކަމެކެވެ.
- މަތީގައި ދެންނެވުނު ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ރަޖިސްޓްރީ ކޮޕީ
- ބީލަމުގެ އަގު ހުށައަޅާނީ 2024 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ހަރަދުވާ ޖުމްލަ އަގު އަދި މަހަކަށް ވާ އަދަދު ވަކިން އެނގޭނެ ގޮތަށްށެވެ.
- މާރޗް 6 ވާ ބުދަ ދުވަހުގެ 13:00 ގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
- ހުށަހެޅޭ ބީލަންތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންނެވެ.
ޕޮއިންތް ދެވޭ ދާއިރާ |
ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް |
ޕޮއިންޓްގެ އަދަދު % |
އަގު |
އެއްމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
90 |
ތަޖުރިބާ |
މި މަސައްކަތުގައި ފާއިތުވެދިޔަ 5 އަހަރު ދުވަހު ލިބިފައިވާ ތަޖްރިބާ، މި ގޮތުން މަސައްކަތުގެ ތަޖްރިބާގެ ގޮތުގައި ބެލެވޭނީ 2024 ވަނަ އަހަރުގެ މި ދުވަހުން ފެށިގެން ފާއިތުވެދިޔަ 5 އަހަރު ތެރޭ ހުށަހަޅާފައިވާ މަސައްކަތާއި ގުޅޭ ގޮތުން ލިބިފައިވާ ތަޖްރިބާގެ ލިޔުންތަކަށެވެ. މާކްސް ދެވޭނީ ގިނަ ވެގެން 5 ލިޔުމަކަށެވެ. ކޮންމެ ލިޔުމަކަށް ދެވޭނީ 2 މާކްސް އެވެ. |
10 |
ވިމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
އިތުރު މަޢުލޫމާތު
- ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
- ފޯން: 4002625
- އީމެއިލް: [email protected]
17 ޝައުބާން 1445
27 ފެބުރުއަރީ 2024