ކޮޅުމަޑުލު މަޑިފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމިޓީއަށް މެންބަރުން ހޯދުމާއިގުޅޭ

މަޤާމު

އަގުކޮމެޓީގެ މެމްބަރު

ދަފްތަރުގެ މުއްދަތު

E    ކޮމެޓީ އެކުލަވާލާ ދުވަހުންފެށިގެން 03 (ތިނެއް) އަހަރު

މަސައްކަތްކުރަންޖެހޭ ތަން

E     މިކޮމެޓީގެ މެމްބަރުންނާއި މަސައްކަތް ޙަވާލްކުރާނީ ތ. މަޑިފުށި މެޖިސްޓްރޭޓް ކޯޓުން

ނޯޓް: (އެހެން ރަށެއްގެ ކޯޓަކަށްވެސް މި ކޯޓުގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ އެހީތެރިކަމަށް އެދުމުގެ ފުރުޞަތު އޮންނާނެ)

 

އުޖޫރައާއި އިނާޔަތްތައް:

E     މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރ (ތިންސަތޭކަ ރުފިޔާ)

(ނޯޓް: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރ (ތިންސަތޭކަ ރުފިޔާ) ދިނުމުގެ އިތުރަށް ހުރުމާއި، ކެއުމާއި، ދަތުރު ޚަރަދު އެކޯޓަކުން ހަމަޖައްސައިދޭނެ.)

 

އަސާސީ ޝަރުޠު:

E     ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

E     ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްވެފައިވުން. ނުވަތަ

E     ލިޔަންކިޔަން ދަތުމާއެކު މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސައްކަތް:

E     ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި، ތަންތަން އަގުކުރުން.

 

މަސައްކަތް ޙަވާލްކުރުން:

E     ކޯޓަށް ހުށަހެޅިފައިއޮތް މައްސަލައެއްގައި ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެންބަރަކާއި މަސައްކަތް ޙަވާލްކުރެވޭނެ.

 

ކޯޓަށް ހުށަހަޅާންޖެހޭ ތަކެތި:

E     އަގުކޮމެޓީގެ މެމްބަރުކަމަށްއެދޭ ސިޓީ

E     އައިޑީކާޑުގެ ކޮޕީ

E     މެންބަރުކަމަށްއެދޭ ފަރާތުގެ ވަނަވަރު

E     ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ނޯޓް: މިކޯޓުގެ އީމެއިލްއަށް މެއިލްކުރައްވާ ސިޓީތައް އެއް (P.D.F) ފައިލެއްގެ ގޮތުގައި ފޮނުވައި ދެއްވުން އެދެމެވެ.)

ސުން ގަޑި:

E     2024 މާރޗް 05 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު

E     ގުޅޭނެ ނަންބަރު: 6780029

E     އީމެއިލް އެޑްރެސް: [email protected]

27 ފެބުރުވަރީ 2024
ހޯދާ