ޅޮހީ ސްކޫލް
ދިވެހިރާއްޖެ
2015 ވަނަ އަހަރު ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް.

ގެއެއްކުއްޔަށް ހިފުމާބެހޭ

2015 ވަނަ އަހަރު މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި އެޓޭޗް ފާޚާނާ އާއި އެކު 2 ކޮޓަރިއާއި ސިޓީންގރޫމާއި ކާކޮޓަރިއާއި ބަދިގެއެއް އެކުލެވޭގޮތަށްހުރި ގެއެއް މަހު ކުއްޔަށް ހިފަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު: GS112/2015/02  (ތާރީޚު:09 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 19 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މަހުކުލި އެނގޭގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުވިދާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ވަނަވަރު އެނގޭނެ ފަދަ ލިޔުމަކާއި ކުއްޔަށްދޭ ގޭގެ ޗާޓު ( ފްލޯޕްލޭން ) ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6560573 ފޯނާ ގުޅުއްވުން އެދެމެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015
ހޯދާ