ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ޢިމާރާތް 2 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކޯޓުގެ ނަންބަރު (IUL)197-A3/1/2024/9 (25 ފެބުރުވަރީ 2024) އިޢުލާނުގައި މަސައްކަތުގެ މުއްދަތު ދެވިފައި ނުވާތީ، މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި ކޯޓުގެ ޢިމާރާތް 2 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

 https://supremecourt.mv/storage/iul-11-information-sheet-cleaning-service.pdf

        އަންދާސީ ހިސާބު ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 10 މާރިޗު 2024 ވަނަ ދުވަހުގެ 09:00 ގެކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

27 ފެބުރުވަރީ 2024
ހޯދާ