ދިވެހިރާއްޖެ
ފުވައްމުލައް އެއަރޕޯޓުގެ ޓަރމިނަލް ބިލްޑިންގގައި އެލްމިނިއަމް ފްރޭމަށް ބިއްލޫރި ލައްވައިގެން ޕާޓިޝަން ޖަހައިގެން ފިހާރައެއް ހަދައި، 9000 ބީ.ޓީ.ޔޫ. ގެ އެއަރކޮންޑިޝަނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2015/35)ފ(19 މާރިޗު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ މި އިޢުލާން ބާޠިލުކޮށްފީމެވެ.
ވީމާ، މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އެޕްރީލް 2015 (އަންގާރަ) ދުވަހުގެ 10:00 އަށް ފުވައްމުލައް އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 10:00 އަށް ފުވައްމުލައް އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6868688 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
26 ޖުމާދަލްއާޚިރާ 1436