ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

    ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ފެބްރުއަރީމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 27 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ބަދަލުކުރެވިފައިވާ ވާހަަކަ ދަންނަވަމެވެ. ބައްދަލުވުން އޮންނާނީ އިޖްތިމާއި މަރުކަޒުގައެވެ.

މިބައްދަލުވުމުގައި އެޖެންޑާ :

  • 2023 ވަނަ އަހަރުގެ ޚަރަކާތް ރިޕޯޓް ހުށަހެޅުން.
  • 2024 ވަނަ އަހަރުގެ ބަޖެޓް ހިއްސާކުރުން.
  • 2024 ވަނަ އަހަރު ވޯކު ޕްލޭން ހިއްސާކުރުން.

               ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް  އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.

27 ފެބުރުވަރީ 2024
ހޯދާ