ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަންބަރު: H/IUL/2024/35A
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ތިރީގައި ދެންނެވިފައިވާ ސޮފްޓްވެއަރ ލައިސަންސްތައް މި ކުންފުންޏަށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2024/35 އިޢުލާނާއި ގުޅިގެން އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
Item |
Description |
Qty |
1 |
Lumion (renew) |
02 |
2 |
PVsyst 7 Professional – Photovoltaic Software (New) |
03 |
3 |
HomerPro (Professional)- (New)-Customer ID: 73010512 |
03 |
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2024 ފެބުރުވަރީ 28 ވާ (ބުދަ) ދުވަހުގެ 10:30 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 90 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×90
ތަޖުރިބާ: 5 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ: 5 ޕޮއިންޓް
އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H/IUL/2024/35A
ބިޑް ހުޅުވުން:
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2024މާރިޗް 05 ވާ (އަންގާރަ) ދުވަހުގެ 10:00 އަށް މި ކުންފުނީގެ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
16 ޝަޢުބާން 1444
26 ފެބުރުވަރީ 2024
ނޯޓް:
- ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.