ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އޭ.އެފް.އީ.އެކްސް 2015 ވީޑިއޯކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައި.އެން.އައި.އޭ) ގެ 2015 އަހަރުގެ އެއަރޕޯޓް ފުލް ސްކޭލް އިމަރޖެންސީ އެކްސަސައިޒް (އޭ.އެފް.އީ.އެކްސް 2015) ވީޑިއޯކޮށް އެޑިޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:30ގައި މިކުންފުނީގެ އިދާރީ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މިކަމާ ބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނެންގެވުމަށް ވަޑައިގަންނަވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައެވެެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި، މިކުންފުނީގެ މައިއިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބީލަންތައް ދިރާސާކުރުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި، ބިޑް އެވޯޑްކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266 /3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero