ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގް އޮލިމްޕިކް އެމްބެސެޑާރސް ސެޝަން 2024

މިއަހަރުގެ ޖޫން 8 ން 21 އަށް ގްރީސްގެ އޮލިމްޕިއާގައި ބޭއްވޭ 64 ވަނަ އިންޓަރނޭޝަނަލް ސެޝަން ފޯރ ޔަންގް އޮލިމްޕިކް އެމްބެސެޑާރސް ސެޝަނުގައި މި އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެ ދިވެހިރާއްޖެ ތަމްސީލުކުރަން ބޭނުންވާ، މި ސެޝަންގައި ކުރިން ބައިވެރިވެފައިނުވާ އުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދު ގެ އަންހެން ނުވަތަ ފިރިހެން ބޭފުޅަކަށް ފުރުޞަތު ހުޅުވާލަމެވެ.

މި ސެޝަނާއި ގުޅޭ މުޙިއްމު މަޢުލާމާތު https://www.ioa.org.gr/list-of-activities/64rd-international-session-for-young-olympic-ambassadors މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ވީމާ، މި ސެޝަންގައި ބައިވެރިވުމުގެ ޝައުޤްވެރިކަން ހުރި ފަރާތްތަކުން އަންނަ މާރިޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެފަރާތްތަކުގެ ބަޔޯ ޑޭޓާ އަދި ވަނަވަރު މި އެސޯސިއޭޝަންގެ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

26 ފެބުރުވަރީ 2024
ހޯދާ