ދިވެހިރާއްޖެ
މިއަހަރުގެ ރަމަޟާންމަހު ހިފްޠުކޮށް ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ހާފިޒުގެ ކެއުމާއި ހުރުން އަދި ދޮވެއިސްތިރިކޮށް ދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.