ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު
"ރެގިއުލޭޝަން އެންޑް ސުޕަރވިޝަން އޮފް އިންވެސްޓްމަންޓް ފަންޑްސް ޕްރޮގްރާމް 2015" ގެ ނަމުގައި ބާއްވާ ސެމިނަރގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް މިއޮތޯރިޓީން ކުރި އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ ނަންބަރު IUL)179-2.2/1/2015/13) އިއުލާން ކެންސަލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
އިންތިޒާމުތައް ހަމަޖައްސައިދޭން ޝައުޤުވެރިވާ ފަރާތްތަކުން 19 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ މެެންދުރުފަހުގެ 02:30 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
23 ޖުމާދަލްއާޚިރާ 1436