ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބިންދޫކުރުން

 

 

އިޢުލާން

ނަންބަރ:

(IUL)421/ESMSED/421/2024/8

ތާރީޚް

‏ 16 ޝަޢުބާން 1445

 26 ފެބުރުއަރީ 2024

 

އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ބަލަހައްޓަމުންގެންދާ ބިންތަކަށް އިތުރުކުރެވޭ 02 ބިންު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

 

           މިރަށުގެ އިޖުތިމާޢީ ބިންތަކަށް އިތުރުކުރެވޭ 02 ބިމެއްް ( ކުރީގެ ޕޮލިސް ސްޓޭޝަން ހިންގި ޢިމާރާތް ހުރި ބިން ) ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިދެންނެވި 02 ބިންު ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 މާރޗް 2024 ވާ އަންގާރަަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑުގެ ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

           މަގުތައް ސާފުކޮށް ބެލެހެއްޓުން ހަވާލުކުރުމުގައި ތިރީގައިމިދަންނަވާ ކަންކަމަށް ބެލިގެންދާނެ ކަމުގައި ދަންނަވަމެވެ.

  1. ހުސްވާ ބިން ތަކާއި އަލަށް އިތުރުކުރާ ބިންތައް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
  2. މިހާރު ބިންތައް ބަލަހައްޓާ ފަރާތެއް ކުރިމަތި ލައިފިނަމަ އެމީހާ ބަލަހައްޓަމުންގެންދާ ބިން/ބިންތައް ސާފުކޮށް ބެލެހެއްޓުމުގައި ފާއިތުވި ތަނުގައި ކަންހިގާފައިވާގޮތަށް ބެލުން

 

           ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

                                                         ހާޝިރު މުޙައްމަދު  

                                                      ކައުންސިލްގެ ނާއިބް ރައީސް

26 ފެބުރުވަރީ 2024
ހޯދާ