މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓްރޭނިންގ ޓޫލްކިޓް ތައްޔާރުކޮށް ތަމްރީން ޕްރޮގްރާމް ހިންގާނެ ފަރާތެއް ހޯދުމާއި ބެހޭ
މިވުޒާރާގެ ނަންބަރު (IUL)13-E/13/2024/64 (21 ފެބްރުވަރީ 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. ޓްރޭނިންގ ޓޫލްކިޓް ތައްޔާރުކޮށް ތަމްރީން ޕްރޮގްރާމް ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ ގޮތުން ކުރެވުނު އިޢުލާނަށް އެއްވެސް ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން އިޢުލާން ކުރުމެވެ.
މަޢުލޫމާތު ދިނުން: 03 މާރިޗު 2024، 11:00
އަންދާސީ ހިސާބު ހުށަހެޅުން: 06 މާރިޗު 2024، 11:00
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
26 ފެބުރުވަރީ 2024
ހޯދާ