ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ރިފްރަޝްމަންޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ރިފްރަޝްމަންޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ JS-B/2015/18 ނަންބަރު އިޢުލާނާ ގުޅިގެން ދޫކުރެވުނު މަޢުލޫމާތާ އެއްގޮތަށް ހުޅަހެޅި އަގުތައް އެކަށޭނަ އަގަށްވުރެ ބޮޑުކަމަށް ފެންނާތީއާއި މަޢުލޫމާތަށް ބައެއް ބަދަލުގެންނަން ބޭނުންވާތީ، އަލުން އިނާމު ދިނުމުގެ ޖަލްސާގެ ރިފްރަޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ފުރުޞަތު ހުޅުވާލިވާހަކަ ދެންނެވީމެވެ.

ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ރިފްރަޝްމަންޓް ތައްޔާރުކޮށްދޭން އެދިވަޑައިގަންނަވާ ފަރާތްތަކުން 21 އެޕްރީލް 2015 ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އެޕްރީލް 2015 ދުވަހުގެ 10:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 ޖުމާދަލްއާޚިރާ 1436

14 އޭޕްރިލް 2015
ހޯދާ