ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިޢުލާނަކީ މި ޑިޕާޓްމަންޓުން 23 މާރިޗު 2015 ގައި ކޮށްފައިވާ  IUL)166/166/2014/31) ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

މަޤާމް: އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: އެމް. އެސް. 3

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ބަޖެޓް، ފައިނޭންސަލް މެނޭޖްމަންޓާއި، ލީގަލް އެފެއާޒް / ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން                     

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

- ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓާއި، ލީގަލް އެފެއާޒް ސެކްޝަން މުވައްޒަފުންނަށް ލަފައާއި އިރުޝާދުދީގެން ބަލަހައްޓާ ތިރީގައިމިވާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް، ސެކްޝަނުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަގޮތެއްގައި ހަވާލުކޮށްގެން، އެންމެހައި މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގުން:

- ޑީ.އެޗް.އީ ގެ މައި ބަޖެޓާއި، އެހެނިހެން އެކައުންޓްތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، ކޮންޓްރޯލްކުރުމާއި، އެކައުންޓްތަކުގެ ހުރިހާ ކަމެއް، މާލިއްޔަތު ޤަވައިދާ އެއްގޮތަށް ބެލެހެއްޓުން.

- ޑީ.އެޗް.އީއަށް ރިޕޭމަންޓުގެގޮތުގައްޔާއި އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ފައިސާ، މާލިއްޔަތު ޤަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، އެކަމާގުޅޭ ހުރިހާ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުވުން.

- އެ އަހަރެއްގެ ބަޖެޓާ ގުޅިގެން ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ، ބަޖެޓުގެ ކަމާބެހޭ ކޯޑަށް ދުރާލައި ހަމަޖައްސައިގެން ރިޒާވްކުރުމާއި، ބަޖެޓާ ގުޅިގެން ފައިނޭންސް ޔުނިޓުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

- ކުރިޔަށް އޮންނަ އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓް، ބަޖެޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީޚްގެ ކުރިން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް، މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތައް ދިނުމުގެ މަސައްކަތް ކުރުވުން.

- ބަޖެޓާ ގުޅިގެން ބައިވެރިވާންޖެހޭ އެކިއެކި ބައްދަލުވުންތަކުގައި ވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެ، އެ ބައްދަލުވުންތަކުގައި އޮފީސް ތަމްސީލުކުރުން.

- ފައިސާގެ ހިސާބުތައް އޮޑިޓްކުރުމަށް ސަރުކާރުގެ ކަމާބެހޭ ދާއިރާއިން އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، އެ މަސަކަތްތަކުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠު:

  1. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް ގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބަޖެޓް ހެދުން ނުވަތަ ބަޖެޓާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 28 އެޕްރީލް 2015 އާއި 7 މެއި 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާރޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން، ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ- މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ވަޒީފާއިން ވަކިވެފައިވާނަމަ ވަކިވި ތާރީޚުގެ ދުވަސް/މަސް/އަހަރު އެނގެން އޮންނަންވާނެއެވެ.)

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 27 ވަނަ ދުވަހުގެ 14:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ 3341307 ނަންބަރު ފޯނަށް ނުވަތަ 3341303 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015
ހޯދާ