ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އިލަސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)                 

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ތަނާއި ރަށް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މާލެ

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓުން ތައްޔާރުކުރާ ތަފާތު ރިސޯސް މެޓީރިއަލްއާއި، ޕްރޮގްރާމްތަކަށް ބޭނުންވާ އިލަސްޓްރޭޝަންސްއާއި، ގްރެފިކްސްއާއި، ލޭއައުޓް ތައްޔާރުކުރުން.

2- މި އިންސްޓްޓިއުޓުގެ އެހެން ޑިޕާޓްމަންޓްތަކުން، ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓާ ގުޅިގެން ތައްޔާރުކުރާ ތަކެތީގެ ގްރެފިކްސްއާއި، އިލަސްޓްރޭޝަންސާއި، ލޭއައަޓް ތައްޔާރުކުން.

3- ތައްޔާރުކުރެވޭ މެޓީރިއަލްތަކަށް ބޭނުންވާ ފޮޓޯނެގުން.

4- ހަވާލުކުރެވޭ މަސައްކަތްތައް، ހަވާލުކުރެއްވި ބޭފުޅަކާއި، އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކާ ގުޅައިގެން، ކަނޑައަޅާ މުއްދަތަކަށް އެ މަސައްކަތްތައް ނިންމުން.

5- ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓުން ރާވާ ހިންގަމުންދާ މުހިންމު ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

6- ހަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ކުރުމަށް ޝައުޤުވެރިވުން.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)                 

މަޤާމުގެ ރޭންކް: ޖީ. އެސް. 3  

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ތަނާއި ރަށް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މާލެ (ރިސެޕްޝަނުގައި)                               

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މި އިންސްޓިޓިއުޓުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް، ކަމާބެހޭ ސެކްޝަންތަކުން ހޯދައި، ޔައުމިއްޔާ ލިޔުމާބެހޭގޮތުން ރައީސުލްޖުމްހޫރިޔާގެ އޮފީހުން ހަމަޖައްސަވާފައިވާ ޤަވާޢިދާ އެއްގޮތަށް، އެ އޮފީހުގެ ނަންބަރު 85/69 (9 އޮކްޓޫބަރު 1985) ގެ ދެންނެވުމުން އަންގަވާފައިވާގޮތަށް، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ، ކޮންމެ ދުވަހެއްގެ ޔައުމިއްޔާ، ޖެހިގެން އަންނަ ދުވަހުގެ 3:00 ގެ ކުރިން، އޮފީހުގެ އެޑްމިނިސްޓްރޭޝަން ޔުނިޓާ ހަވާލުކުރުން ނުވަތަ އޮފީސް ހިންގަވަން އެވަގުތަކު ހުންނެވި ވެރިއެއްގެ އަރިހަށް ގެންގޮސްގެން ސޮއިކުރުވުން.
  2. މަރުކަޒުގެ ރިސެޕްޝަން ބެލެހެއްޓުމާއި، އަންނަ ފޯނު ކޯލުތަކަށް ޖަވާބުދިނުމާއި، ކޯލްތައް ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.
  3. މި މަރުކަޒަށް އެކިއެކި ކަންކަމުގައި އަންނަ މެހުމާނުންނަށް ދަތިނުވާނެގޮތަށް އެމީހުންނަށް އެހީތެރިވެވޭނެގޮތަށް މެހުމާނުންނަށް ކަންތައްތައް ހަމަޖެއްސެވުން.
  4. އޮފީހުން އެކި ފަރާތްތަކަށް ފޮނުވަން ތައްޔާރުކުރާ ލިޔުން، ރިޕޯޓް، ސިޓީ، ނޯޓް، މެސެޖް ފަދަ ތަކެތި ޓައިޕްކުރުން.
  5. ޔައުމިއްޔާތަކުގައި ޤަވާޢިދުން ނަންބަރުޖަހައި، އަހަރު ނިމުމުން ބައިންޑްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. ޑިޕާޓްމަންޓުން ފައިލްކުރަންޖެހޭ ތަކެތި ފައިލްކުރުމާއި، ފައިލްތައް ބެލެހެއްޓުން.
  7. ރަސްމީ ގަޑީގައްޔާއި، ނުރަސް މީގަޑީގައި އޮފީސް ހުޅުވައި ލެއްޕުން.
  8. އޮފީހަށް އަންނަ ތަކެތި އެންޓްރީކުރުމަށްފަހު ސެކްޝަންތަކާ ހަވާލުކުރުން.

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް ބަލައިގެން

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)                 

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ތަނާއި ރަށް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މާލެ (ޑިޕާޓްމަންޓް އޮފް ކަރިކިޔުލަމް ޑިވެލޮޕްމަންޓް)     

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑިޕާޓްމަންޓުން ރާވައިގެން ހިންގާ ބައްދަލުވުން، ސެމިނަރ، ވާރކްޝޮޕް ދަތުރުފަދަ ކަންކަމުގައި އިދާރީގޮތުން ކުރަންޖެހޭ އިންތިޒާމްތައް ކުރުން.
  2. ޑިޕާޓްމަންޓަށް ހޯދަންޖެހޭ ރިސޯސް މެޓީރިއަލްތަކުގެ ލިސްޓުތައް އެއްކޮށް، އެތަކެތި ހޯދުމުގެ މަސައްކަތް ކުރުން.
  3. ކަރިކިޔުލަމް ޑިޕާޓްމަންޓުގެ އަހަރީ ބަޖެޓާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  4. ޑިޕާޓްމަންޓުން ހިންގާ ބޭރުގެ އެހީގެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރުން.
  5. ޖަވާބުދޭންޖެހޭ މެސެޖް، ސިޓީ، ނޯޓް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި، އެފަދަ ސިޓީތައް ވެރިންގެ އަރިހަށް ގެންދިއުމާއި، އެކަންކަން ޤަވާޢިދުން ފޮލޯއަޕް ކުރުން.
  6. ޑިޕާޓްމަންޓުގެ ފައިލިންގ ސިސްޓަމް ހަރުދަނާ އުޞޫލެއްގެމަތިން ފައިލްކޮށް ބަލަހައްޓައި، ފައިލްގައިވާ އެއްޗެއް ހޯދުމުގައި ފަސޭހަ ރަނގަޅު ގޮތްތައް އިންތިޒާމްކުރުން.
  7. ޑިޕާޓްމަންޓުން ތައްޔާރުކުރާ މުޤައްރަރާއި، ފޮތްފަދަ ތަކެތީގެ ސޮފްޓްކޮޕީއާއި ހާޑުކޮޕީ ރައްކާކޮށް، އިންވެންޓްރީ ބެލެހެއްޓުން.
  8. ޑިޕާޓްމަންޓުގެ މަސައްކަތާގުޅޭ އިދާރީ ކަންތައްތައް، ވެރިން އަންގަވާ ގޮތެއްގެމަތިން ބެލެހެއްޓުން.
  9. ޑިޕާޓްމަންޓުގެ ވެރިޔާގެ އެޕޮއިންޓްމަންޓްތަކާއި ބައްދަލުވުންތަކުގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  10. ޑިޕާޓްމަންޓުގެ  އިދާރީ އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއުއަށް ބަލައިގެން.

މަޤާމް: އެސިސްޓެންޓް ކެމެރާމަން

ބޭނުންވާ އަދަދު: 1 (އެކެއް)                 

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ:  -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ތަނާއި ރަށް:  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މާލެ

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތަޢުލީމީ ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯތައް ކެމެރާކުރުން.
  2. ތަޢުލީމީ ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކުރުން.
  3. ޕްރޮގްރާމްތަކުގެ ޕްރޮޑިއުސަރުންނާއި ސްކްރިޕްޓް ރައިޓަރުންގެ މަޝްވަރާގެމަތިން، ޕްރޮގްރާމްތަކަށް ބޭނުންވާ ވިޜުއަލްސް ރެކޯޑުކުރުމަށް ބޭނުންވާ ސެޓިންގ ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  4. ވީޑިއޯކުރުމަށް ބޭނުންވާ ކެމެރާ ޔުނިޓްފަދަ ހުރިހާ އިކްއިޕްމަންޓްތަކަށް ގެއްލުމެއް ލިބިއްޖެނަމަ، ސެކްޝަނުގެ އިސްވެރިއަކަށް އަންގައި، މަރާމާތުކުރުމަށް މަސައްކަތްކުރުން.
  5. ވީޑިއޯކުރުމަށް ބޭނުންކުރާ ކެމެރާ ޔުނިޓްފަދަ ހުރިހާ އިކްއިޕްމަންޓްތައް ސާފުކޮށް ބެލެހެއްޓުން.
  6. މި ޔުނިޓުން އުފައްދާ އޯޑިއޯ / ވީޑިއޯ ޕްރޮގްރާމްތައް އެޑިޓްކުރުން.
  7. މަލްޓިމީޑިއާ ރިސޯސް ލައިބްރަރީގައިވާ ރިސޯސަސް، ދިވެހިރާއްޖޭގެ ސްކޫލްތަކަށާއި، ސަރުކާރުގެ އެކިއެކި އޮފީސްތަކަށް ރައިޓްކޮށްދިނުން.
  8. ހަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް ބަލައިގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިންޓަވިއު ކުރުން:

- މި މަޤާމްތަކަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 26 އެޕްރީލް 2015 އާއި 5 މެއި 2015 އާ ދެމެދުގެ ތާރީޚެއްގައި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ، ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިންސްޓިޓިއުޓުގެ ވެބްސައިޓުން (www.nie.edu.mv ން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ) 

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.  

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

ކ- ދިވެހި ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

 - މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީ ބިލްޑިންގ (2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 23 ވަނަ ދުވަހުގެ 14.00 އެވެ.

އިތުރު މަޢުލޫމާތު:

މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 3323242 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

19 ޖުމާދަލްއާޚިރާ 1436

08 އޭޕްރިލް 2015
ހޯދާ