މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިނެގުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

                          އިޢުލާން

     މިރަށުގެ ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ އުޞޫލުގެ ދަށުން ކައުންސިލުން ކުނިނެގުމުގެ ޚިދުމަތް ދޭން ފެށުމަށްޓަކައި، ޚިދުމަތަށް އެދި ރަޖިސްޓްރީ ވުމުގެ ފުރުޞަތުވާނީ މިއިދާރާގެ ނަންބަރު: (IUL)309-ESM/309/2024/16 އިޢުލާނުން ހުޅުވާލެވިފައެވެ. މުއްދަތު ހަމަވިއިރު އަދިވެސް މިކަމަށް އެދި ގިނަ ފަރާތްތަކަކުން ފޯމް ހުށަހެޅުމަށް ދަނީ އެދެމުންނެވެ.

 

     އެހެންކަމުން، ކުނިނެގުމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޝަތު މިވަނީ މިއަދުން (25 ފެބްރުވަރީ 2024) ފެށިގެން ހުޅުވާލެވިފައެވެ. ފޯމު މިކައުންސިލް އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެންހުންނާނެއެވެ.

25 ފެބުރުވަރީ 2024
ހޯދާ