ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑައިލިސިސް ޔުނިޓުގައި ކުރަންޖެހޭ މަރާމާތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ- ގއ.އަތޮޅު ހޮސްޕިޓަލް

މި އިޢުލާންވަނީ 26 މާރިޗު 2024 23:59 ގައި ބާތިލް ކުރެވިފައެވެ.


                           ނަންބަރ: (IUL)GAAH/GAAH/2024/08

 

އިޢުލާން

މި ހޮސްޕިޓަލުގައި ޑައިލިސިސް ޔުނިޓުގައި ކުރަންޖެހޭ މަރާމާތްތައް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

                 މި ހޮސްޕިޓަލުގައި ޑައިލެސިސް ޔުނިޓުގައި ކުރަންޖެހޭ މަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 މާރޗް 2024 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މި ހޮސްޕިޓަލުގެ މީޓިން ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މާރޗް 2024 ވާ ބްރާސްފަތި ދުވަހު މެންދުރު 13:00 އަށް މި ހޮސްޕިޓަލުގެ އިދާރާއަށް (ދެވަނަ ފަންގިފިލާ) އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

އިތުރު މަޢުލޫމާތު ހޯދެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު: 6821085 އަދި 7449667 އަށް ފޯނަން ރަސްމީ ގަޑީގައި   ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

25 ފެބްރުއަރީ 2024 މ.

25 ފެބުރުވަރީ 2024
ހޯދާ