ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އަތޮޅުގެ، ތިރީގައިމިވާ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަގާމު

ކޮމިއުނިޓީ ހެލްތް އޮފިސަރ

ބޭނުންވާ އަދަދު

6 (ހަޔެއް)  (ކޮންމެ ޞިއްޙީ މަރުކަޒަކަށް 1)

ބޭނުންވާ ޞިއްޙީ މަރުކަޒު

ގދ. ހޯޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ، ފިޔޯރީ، ފަރެސްމާތޮޑާ، ވާދޫ ޞިއްޙީ މަރުކަޒު

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން

މަތީގައިވާ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން އެފަރާތަކުން ކުރިމަތިލާ ޞިއްޙީ މަރުކަޒެއްގައި.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އަތޮޅުތެރޭގެ ރަށްރަށުގައި ކުރަންޖެހޭ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު

ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ

ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ނޯޓް: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކޮމިއުނިޓީ ހެލްތު އޮފިސަރުގެ ޝަރުޠުހަމަވާ މީހުން ނެތްނަމަ، އެސިސްޓެންޓް ކޮމިޔުނިޓީ ހެލްތު އޮފިސަރުންނަށްވެސް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ.  

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/100 ރުފިޔާ

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ އޮފީހުންނާއި، ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން، ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އެޕްރީލް 27 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި ހޮސްޕިޓަލަށް ނުވަތަ އެ ރަށެއްގެ ޞިއްޙީ މަރުކަޒަށް.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 6841970 ނަންބަރު ފޯނަށެެވެ. 

27 ޖުމާދަލްއާޚިރާ 1436

16 އޭޕްރިލް 2015
ހޯދާ