ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދިރިއުޅެމުންދާ މީހެއްކަން ކަށަވަރުކޮށް ދިނުމާއި ގުޅޭ

މި އިދާރާގެ ނަމްބަރު  (IUL)414/414/2024/20 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ލިބިފައިވާގޮތުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ލިބިފައިވާ ޝަކުވާތަކަށް ބަލައި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތް މުރާޖާކުރަމުންގެންދާ ވާހަކަ ދަންނަވަމެވެ. އަދި "ގއ. ކަނޑުހުޅަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023" (ޖަދުވަލް 2) 2.3 ގެ (ށ) ގައިވާގޮތުގެ މަތިން ރަށުގައި ދިރިއުޅެމުންދާ މީހެއްކަން ކަށަވަރުކޮށް ދިނުމަށް ގޯއްޗަށް އެދި ފޯމު ހުށަހަޅައިފައިވާ ހުރިހާ ފަރާތްތަކުން 10 މާރިޗު 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

މިހެންކަމުން މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ފެބުރުވަރީ 2024
ހޯދާ