ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުން 7 ޖަނަވަރީ 2015 ގައި ކުރި I)(I)AP/HR/2015/1) ނަންބަރު އިޢުލާން ބާޠިލްކުރުމާ ގުޅިގެން، އެ މަޤާމަށް އަލުން އިޢުލާންކުރަމެވެ.
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
||
މަޤާމުގެ ރޭންކް |
GS3 |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
||
މުސާރަ |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
ޑިވިޜަން/ ސެކްޝަން |
އެޑްމިން އެންޑް ޕްލޭނިންގ |
||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ޏ. އަތޮޅު ހޮސްޕިޓަލް، ފުވައްމުލައް |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1. ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން. 2. ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓްތައް ހަދައި ބެލެހެއްޓުމާއި، ކޮންޓްރެކްޓުގެ މުއްދަތު ހަމަވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުން. 3. ބިދޭސީ މުވައްޒަފުންގެ ބޭންކް އެކައުންޓް ހުޅުވުމުގައި އެހީތެރިވެދީ، ވިސާ/ޕާސްޕޯޓް/ވާރކް ޕާމިޓާބެހޭ ހުރިހާ ކަމެއް މިނިސްޓްރީ އޮފް ހެލްތާ ގުޅައިގެން ކުރިއަށްގެންދިއުން. 4. އިމަޖެންސީ ޗުއްޓީގައިދާ މުވައްޒަފުންގެ ތެރެއިން ޑިޕޮސިޓް ބަހައްޓަަންޖެހޭ މުވައްޒަފުންގެ ޑިޕޮސިޓް ކަންތައް އެފަރާތްތަކާ ވާހަކަދައްކައިގެން ހަމަޖެއްސުން. 5. ބިދޭސީ މުވައްޒަފުން ޗުއްޓީގައި ދިއުމާބެހޭ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސުމާއި، ޗުއްޓީގައި ދާމީހުންގެ ބަދަލުގައި މީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މަސައްކަތްކުރުން. 6. އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓުން. 7. ޔުނިފޯމް ދޭންޖެހޭ މުވައްޒަފުންނަށް ޔުނިފޯމް ދިނުމުގެ ކަންތައް، ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނާ މަޝްވަރާކޮށްގެން، އަހަރުގެ ފުރަތަމަ 3 މަސްދުވަސް ނިމޭއިރު ހަމަޖެއްސުން. 8. ސަލާމްބުނާ މުވައްޒަފުންނާއި، އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން. 9. ސެކްޝަނުގެ މައްސަލަތަކާ ގުޅިގެން މީޓިންގތައް ހަމަޖައްސައި، ރިކޯޑުތައް ބެލެހެއްޓުން. |
||
ތަޢުލީމާއި ތަޖުރިބާ |
|
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
||
ޢިނާޔަތްތައް |
|
||
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
ސުންގަޑި |
2015 އެޕްރީލް 20 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން، ޏ. އަތޮޅު ހޮސްޕިޓަލުގެ އޮފީސް ބަޔަށް. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ 6861860 ނަންބަރު ފޯނަށެވެ. |
20 ޖުމާދަލްއާޚިރާ 1436