ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރުން:

ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރުން:

                ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން'' 2023 ވަނަ އަހަރު ގައްދޫ ކައުންސިލް ހިންގައިދިޔަ ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، މިހިނގާ ފެބްރުއަރީ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ގައްދޫ މަރުކަޒުލް އީސާގަ އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް އަލިއަޅުވާލެވިގެންދާނެއެވެ.

  1. 2023 ވަނަ އަހަރުގެ އަހަރު ރިޕޯޓް، މާލީ ރިޕޯޓް އަދި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހެޅުން.
  2. ގައްދޫގެ މި އަހަރުގެ ކުރިޔަށް އޮތް ޕްލޭން ތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުން.

                ވީމާ، މި ބައްދަލުވުމަށް ގައްދޫގެ ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެންދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

25 ފެބުރުވަރީ 2024
ހޯދާ