ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 ތިރީގައި މިވާ މަޤާމަށް މި ސްކޫލަށް ވަގުތީގޮތުން މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)  

މަޤާމުގެ ރޭންކް

ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ބޭނުންވާ މުއްދަތު

6 މަސްދުވަސް

މަސައްކަތް ކުރަންޖެހޭ އޮފީސް

ޖަމާލުއްދީން ސްކޫލް

މަސައްކަތް ކުރަންޖެހޭ ސެކްޝަން

އެކަޑަމިކް ސެކްޝަން

މުސާރަ

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ

އިތުރު ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު

 

 

1. އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.


މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

 

 

- ދަރިވަރުންނާ ގުޅުންހުރި ލިޔެކިޔުންތައް ޓައިޕްކުރުމާއި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

- ރަސްމީ ސިޓީފަދަ ލިޔުން ޓައިޕްކުރުމާއި، އެންޓްރީ ފޮތް ބެލެހެއްޓުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ހުންނަ ލިޔުންތަކާއި، ރަސްމީ ލިޔުންތައް ޓައިޕްކުރުން.

- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާގޮތެއްގެމަތިން އެންމެހައި މަސައްކަތް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ކޮމްޕިއުޓަރުގެ މަސައްކަތަށް އަހުލެވެރިވެފައިވާ މިންވަރަށް ބަލައިގެން.

- އިނގިރޭސިބަހާއި ދިވެހިބަހުގެ ލިޔުން ފަރިތަކަމާއެކު ޓައިޕްކުރަން އެނގޭ މިންވަރަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭކަމުގެ ލިޔުމާއެކު، މި ވަޒީފާއަށް ބަދަލުވުމާމެދު، ވަޒީފާ އަދާކުރާ މުއައްސަސާގެ އިޢުތިރާޒު ނެތްކަމުގެ ލިޔުން.

ތަކެތި ހުށައަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށައަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 26 ވާ އާދީއްތަ ދުވަހުގެ ދުވަހުގެ މެންދުރުފަހު 15.00 އެވެ.

އިންޓަރވިއުކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 27 އެޕްރީލް 2015 ގެ ފަހުގެ ތާރީޚެއްގައެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލެމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3324415 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 27 ޖުމާދަލްއާޚިރާ 1436

16 އޭޕްރިލް 2015
ހޯދާ