ދިވެހިރާއްޖެ
ހުޅުމާލެ ފޭސް 1 ގައި ހުންނަ ވަގުތީ މިސްކިތުގައި ނޮވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ،
ހުޅުމާލެ ފޭސް 1 ގައި ހުންނަ ވަގުތީ މިސްކިތުގައި ނޮވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް މި ކައުންސިލަށް ކޮށްދެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
މަޢުލޫމާތު ސާފުކުރުން |
28 ފެބުރުވަރީ 2024 |
13:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމ |
އަގު ހުށަހެޅުން |
03 މާރިޗު 2024 |
13:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ) ފޯން: 3025407 / އީމެއިލް: [email protected]
15 ޝައުބާން 1445
25 ފެބްރުވަރީ 2024