މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އައި.ޓީ އެޑްމިނިސްޓްރޭޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                    އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2024/20 

 

ވަޒީފާގެ ފުރުޞަތު

ނޯޓް: މިމަގާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު އިޢުލާން(IUL)MMPRC-HR/1/2024/16  (13 ފެބްރުވަރީ 2024) އާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ޝަރުތުހަމަވާ އެޕްލިކޭޝަންސްތައް ލިބިފައި ނުވާތީ، އެމަޤާމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. އަދި މިމަޤާމަށް ކުރިން ކުރިމަތި ލާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.

 

މަޤާމުގެ ނަން: ސީނިއަރ އައި.ޓީ އެޑްމިނިސްޓްރޭޓަރ

މުސާރަ (މަހަކު) : -/9,792 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/3,427 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,938  ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އައި.ޓީ އެންޑް ވެބްސައިޓް މެނޭޖަމަންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

 ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

 ނ.މަސައްކަތާއި ގުޅޭ ދާއިރާއިން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 ހ.  މިކޯޕަރޭޝަނުގެ ހާޑްވެއަރ އަދި ނެޓްވޯކިންގެ އެންމެހާ މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން ބެލެހެއްޓުން.

 ށ. މިކޯޕަރޭޝަނުގެ ސަރވާ ބެލެހެއްޓުމާއި ސަރވާއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

 ނ. މިކޯޕަރޭޝަނަށް ބޭނުންވާ ސޮފްޓްވެއަރ ދެނެގަނެ، ހޯދަންޖެހޭ ސޮފްޓްވެއަ ތައް ހޯދައި، އަޕްޑޭޓްކޮށް ބެލެހެއްޓުން

 ރ. މިކޯޕަރޭޝަނުގެ ނެޓްވޯކިންގއަށް ދިމާވާ މައްސަލަތައް ދެނެގަނެ، ހައްލުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

 ބ. މި ކޯޕަރޭޝަންގެ ކޮމްޕިއުޓަރ އިންފްރާންސްޓްރަކްޗަރގެ އެންމެހާ މަސައްކަތްތައް ކުރުން.

 ޅ. މި ކޯޕަރޭޝަނުގެ ޕީ.އޭ.ބީ އެކްސް ސިސްޓަމް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން.

 ކ. މިކޯޕަރޭޝަނުގެ އީމެއިލް އެކައުންޓްތައް މެއިންޓެއިންކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

 އ. ކޯޕަރޭޝަންގައި ބޭނުންކުރާ ސިސްޓަމްތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭން އެއް އެކުލަވާލައި، ޓެސްޓްކޮށް އިމްޕްލިމެންޓް ކުރުން.

 ވ. ކޯޕަރޭޝަންގެ ސިސްޓަމްތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ޑައިގްނޯސްކޮށް މައްސަލަތައް ހައްލުކުރުން.

 މ. ވެބް ބޭސްޑް އެޕްލިކޭޝަންސްތަކުގައި ހުންނަ ބަގްސްތަކާ އެހެނިހެން މައްސަލަތައް ދަނެގަނެ އެކަން ހައްލު ކުރުމުގައި އެހީތެރިވުން.

 ފ. ސިސްޓަމްސްތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޔޫޒަރ ރިކުއަރމަންޓްސް ތައް ދަނެގަނެ އެނެލައިޒްކުރުމުގައި އެހީތެރިވެ ދިނުން.

 ދ. މި ކޯޕަރޭޝަންގެ އައި.ޓީ ސެކްޝަންގެ އެހެނިހެން މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން ކުރުން.

 މ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 4. ހުށައަޅަންޖެހޭ ލިޔުންތައް:

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

 ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

 ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

 ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

 ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

 5. އިތުރު މަޢުލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

 ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

 ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

 ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6. އެޑްރެސް ކުރައްވާނީ:

ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

22 ފެބުރުވަރީ 2024
ހޯދާ