ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2024 - ޝަކުވާ ހުށަހެޅުމުގެ ނިޒާމް ޤާއިމުކުރުން

17 މާރިޗު 2024 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އިންތިޚާބާގުޅޭ ޝަކުވާތައް ބެލުމަށް ހަމަޖެހިފައިވަނީ، ގަވާއިދު ނަންބަރު: 2022/R-62 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާއިމުކޮށްފައިވާ ޢާންމު މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުން އެކުލެވޭ "ޝަކުވާ ބަލާ ކޮމިޓީ" އިންނެވެ. މި ކޮމިޓީއަށް އިންތިޚާބާ ބެހޭ ކޮމިޓީން ޢައްޔަނުކޮށްފައިވަނީ އަންނަނިވި ފަރާތްތަކެވެ.

  1. އަލްއުސްތާޛު ޙާމިދު އިސްމާޢީލް (2019/4)
  2. އަލްއުސްތާޛާ އާމިނަތު ރުކްޝާނާ އިބްރާހީމް (2005/29)
  3. އަލްއުސްތާޛު ޙުސައިން މުޙައްމަދު ޙަނީފް (2015/24)

އިންތިޚާބާގުޅޭ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 19 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 16:00 އާ ހަމައަށެވެ.

ޝަކުވާ ފޯމް ލިންކް: https://forms.gle/u7dD3HHaMrt3MBcf9

22 ފެބުރުވަރީ 2024
ހޯދާ