ދިވެހިރާއްޖެ
ނަމްބަރު: GS147-C/2024/03
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް ގާފަރު ސުކޫލްގެ 8 ކުލާސްރޫމް އިމާރާތުގެ ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS147-C/2024/02 އިޢުލާނާއި ގުޅިގެން އެކަމަށް އެކަށީގެންވާ އަދަދައް ކޯޓޭޝަން ހުށަހަޅާފައިނުވާތީ، އެޢިއުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 7999806 / 6640577 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 28 ފެބުރުއަރީ 2024 ވަނަ ދުވަހުގެ 11:00 ގައި މިސުކޫލްގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިސުކޫލަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.