މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސޯސިއޭޓް ކައުންސިލް އޮފިސަރގެ މަގާމަށް މުވައްޒަފެއް ބޭނުންވެއްޖެ

އިޢުލާނު

 

 

މަޤާމު:

އެސޯސިއޭޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

      J-396993

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ-އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ

ސެކްޝަން

ކޯޕަރޭޓް އެފެއާޒް ސެކްޝަން

މުސާރަ:

މަހަކު 5,020.00 (ފަސްހާސް ވިހި ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު 1500.00 (ފަނަރަސަތޭކަ ރުފިޔާ)

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35% (ތިރީސްފަސް ޕަސެންޓް)

އެހެނިހެން އެލަވަންސް:

-          ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ކޮންޓްރިބިއުޝަން

-          ސިވިލްސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-          ސަޕޯރޓިން ކޯ އެލަވަންސް 700.00ރ.

-          ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެއަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމް ސެކްޝަންގެވެރިޔާގެ އިރުޝާދުގެ މަތީން ހަމަޖެއްސުން
  4. ކައުންސިލްގެ އިދާރާއިން ހިންގާ ބައްދަލުވުންތަކާއި ، ފޯރަމްތައް ހިންގުމުގެ އިންތިޒާމްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ހަމަޖެއްސުން
  5. ރަށުގައި ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ، އެ ޕްރޮގްރާމްތައް ހިންގުމަށް ގެނެވޭ ވާއިޒުގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ހަމަޖެއްސުން
  6. ކައުންސިލުން ނިންމާ ގޮތެއްގެ މަތީން ، ރަމަޟާންމަހު ތަރާވީހު ނަމާދުކުރުމަށް ހާފިޒުން ގެނައުމާއި ، ހާފިޒުގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ހަމަޖެއްސުން
  7. ކައުންސިލްއިދާރާގެ ބެލުމުގެ ދަށުގައިވާ ތަކެތީގެ ތެރެއިން ނައްތާލަންޖެހޭ ތަކެއްޗާއި ، ނީލަން ކިޔަންޖެހޭ ތަކެތި ފާހަގަކޮށް ލިސްޓްކުރުމާއި ، އޮންނަ އުސޫލުގެ ތެރެއިން އެތަކެތި ނީލަންކިޔުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ނީލަންކިޔުމުގެ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީންކުރުން
  8. ރަމަޟާންމަހާއި ސައްވާލުމަހުގެ ހަނދުބެލުމުގެ އިންތިޒާމް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ހަމަޖެއްސުން
  9. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ، އެ ފަދަ ތަކެތި މާލިއްޔަތު ގަވާއިދާއި ، ކައުންސިލުން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކި ފަރާތްތަކަށް ދޫކުރުމުގެ ކަންކަން ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީންކުރުން
  10. ކައުންސިލް އިދާރާގެ ކައުންޓަރު ، ބެލެހެއްޓުމަށް އެހީތެރިވެދިނުމާއި ، ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާއި ޚިދުމަތް އަވަސްކުރުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން
  11. ކައުންސިލްގެ އުޅަނދުތައް / ވެހިކަލްތައް މަރާމާތުކުރުމުގެ މަސައްކަތް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީންކުރުން
  12. އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުމަށް ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތީން ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުން
  13. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްގަމާއި ކަނޑުގެ އެންމެހާ އުޅަނދުފަހަރާއި ، ކައުންސިލްގެ އިދާރާ އާއި ، ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތައް މަރާމާތުކުރުމާއި މި ތަންތަނަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  14. ކައުންސިލްގެ އިދާރާ އާއި ، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ހިނގަމުން ދާ ތަންތަނަށާއި ، ބަލަހައްޓާ ތަންތަނަށް ހޯދަންޖެހޭ އެންމެހާ ތަކެއްޗާއި ، ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި ، އަދި ޔުނިޓްތަކަށް ބޭނުންވާ ޚިދުމަތްތައް ހޯދައިދިނުން
  15. ޕްރޮކިއުމަންޓްގެ އެންމެހާ މަސައްކަތްތައް ކުރުމާއި ، ކައުންސިލްއިދާރާގެ ބޭނުމަށް ކުރާ އެންމެހާ ދަތުރުތައް ހަމަޖެއްސުމަށާއި ، އެކަމާއި ބެހޭ އެންމެހާ ކަންކަން ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީންކުރުން
  16. ކައުންސިލް އިދާރާގެ ބޭނުމަށް އޯޑަރުކުރަންޖެހޭ ތަކެތި ، އޯޑަރުކުރުމަށް މާލިއްޔަތު ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ތަކެތި ހޯދުމާއި ޚިދުމަތް ހޯދުމުގެ މަރުހަލާތައް ފުރިހަމަކޮށް ވިޔަ މޮޑިއުލްގެ ތެރެއިން ޕާރޗޭސް އޯޑަރ ރައިސްކުރުން
  17. އީކައުންސިލް ވުނަ ، ވިޔަ އަދި އެހެނިހެން މޮޑިއުލްތަކުގެ ތެރެއިންވެސް ހަވާލުކުރެވިފައިވާ މަސައްކަތްތައްކުރުން
  18. ކައުންސިލަށް ދިމާވާ ކުއްލި އެމެޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުމާއި އަދި ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައްކުރުން
  19. ސެކްޝަންވެރިޔާ އަންގަވާ ގޮތެއްގެ މަތީން އިދާރީ މަސައްކަތްތައްކުރުން

މަޤާމުގެ ޝަރުޠުތައް

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ       އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން
  • ޝަރުޠުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
  • އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
  • އިންޓަރވިއު

30%

5%

5%

25%

35%

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 03 މާރިޗު 2024 އާއި 07 މާރިޗު 2024 އާ ދެމެދު، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ ގައެވެ.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720032 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

 

22 ފެބުރުވަރީ 2024
ހޯދާ