މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ޕެނަޑޯލް 500މގ އާއި ގުޅޭ ގޮތުން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 ޞިއްޙީ ވުޒާރާ

 މާލެ،ދިވެހިރާއްޖެ

(IUL)182-REG/23/2024/2 :ނަންބަރ

އެލާރޓް

މިއޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)182-REG/23/2024/1 އާއި ހަވާލާދީ ދަންނަވަމެވެ.

ޕެނަޑޯލް 500މގ ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަ ވެފައިވާތީ، މިއޮތޯރިޓީގެ ފަރާތުން މިކަން އިތުރަށް ބެލުމުގެ ގޮތުން ލެބޯޓްރީ ތަހުލީލުތައްކޮށް ނަތީޖާ ވަނީ ލިބިފައެވެ. ތަހުލީލު ރިޕޯޓްތަކުން ދައްކާ ގޮތުން "ޕެނަޑޯލް" ބްރޭންޑްގައި ހުންނަންޖެހޭ މިންވަރަށް (ކޮންޓިޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓްރެންތް ހުރިކަން ވަނީ ޔަގީންވެފައެވެ.

މި ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވެފައިވަނީ ބޭސް އުފުލާ ގެންގުޅުމުގައާއި ގުދަންކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުންކަން މިއޮތޯރިޓީން ބެލިބެލުމުން ފާހަގަކުރެވިފައިވެއެވެ. އަދި މި މައްސަލަ ފާހަގަ ކުރެވުނު ބެޗް މިހާރު މާރކެޓުގައި ނެތްކަންވެސް ވަނީ ކަށަވަރުވެފައެވެ.

ވީމާ، މިއަދުން ފެށިގެން މިބޭސް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

މިފަދަ މައްސަލަތައް އިތުރަށް ތަކުރާރު ނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، މިއޮތޯރިޓީގެ ފަރާތުން ޕަބްލިޝްކޮށް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް ވާނީ އެންގިފައެވެ.  

އިތުރު މައުލޫމާތު ބޭނުންވެލައްވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން ނަންބަރ: 7200321، އަދި 3014308، 3014316 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.    

 

21 ފެބުރުވަރީ 2024
ހޯދާ