ދިވެހިރާއްޖެ
މިސުކޫލްގެބައެއް މަރާމާތުތަކާއި ގުޅޭ
މިސުކޫލްގެ ބައެއް ފާހާނާ ތަކާއި ޒިންކު އަދި ކަރަންޓް ނެޓްވޯކްގެ މަރާމަތުގެ މަސައްކަތްތަކެއް ކުރުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 މާރޗް 2023 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން އެޓޭޗްކުރެވިފައިވާ ލިންކް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރި ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
- ރަޖިސްޓްރީ ވާ ފަރާތުގެ ނަން
- ރެޖިސްޓްރީ ނަންބަރ
- އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ
މި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޝެޝަން އޮންނާނީ 4 މާރޗް 2024 ވާ ހޯމަދުވަހުގެ 10.30 ގައި ކެނދިކުޅުދޫ ސްކޫލްގައެވެ. ޝައުގުވެރިވާ ފަރާތްތަކުން މިށެޝަންގައި ބައިވެރި ވުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ދަންނަވަމެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 7 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކެނދިކުޅުދޫ ސްކޫލްގައެވެ. ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ކަރުދާހެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 13:00 އާއި ދެމެދު 9120545 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނަމަ [email protected] ށް މެއިލް ކުރެއްވުން އެދެމެވެ.
ރެޖިސްޓްރޭޝަން ލިންކު https://forms.gle/XEwbCrQTT6cqsfoZ9