ދިވެހިރާއްޖެ
އިޢުލާން
ކ.ގުރައިދޫ މަސްޖިދުލް އިޚާ އަދި މަސްޖިދުލް ސިއްދީޤުގައި ކާޕެޓު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)338-AHR/338/2024/12 އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުން 25 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ބަދަލުކުރެވިފައިވާކަމުގައި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 25 ފެބްރުވަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ކައުންސިލަށް ދުރުވެ ބިޑް ހުށަހެޅުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
21 ފެބްރުވަރީ 2024