ދިވެހިރާއްޖެ
`
މާމެންދޫ ސްކޫލް
ގއ. މާމެންދޫ
ނަންބަރު: GS198/IUL/2024/08
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ސްޓާފް ރޫމު ފާޚާނާއާއި، ކުލާސްރޫމުތަކުގެ އަސްކަނިތައް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުން:
މި ސްކޫލުގެ ސްޓާފް ރޫމު ފާޚާނާއާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ފާޚާނާއާއި، ބައެއް ޢިމާރާތްތަކުގެ އަސްކަނި ސީލިންފަދަ ތަންތަން މަރާމާތު ކުރަން ބޭނުން ވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބްރުވަރީ 21 އިން 2024 ފެބްރުވަރީ 28 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރި ތަކަށެވެ.
ބިޑް ރަޖިސްޓްރީ ފޯމް ލިންކް: https://forms.gle/e7bb9qMrbeWXGzvy6
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 2024 ފެބްރުވަރީ 27ވަނަ ދުވަހުގެ 1400ގެ ކުރިން މި އިޢުލާނުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަމާއި ބެހޭ ޕްރީ ބިޑް މީޓިން އޮންނާނީ 29 ފެބްރުވަރީ 2024ވާ ބުރާސްފަތި ދުވަހު 1.30ގައި މި ސްކޫލުގެ ލައިބްރަރީގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މާރިޗް 6 ވާ ބުދަ ދުވަހު 1300ގައި މާމެންދޫ ސްކޫލުގެ އޮފީހުގައެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. އަދި ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު: އީ މެއިލް ކުރައްވާނީ، [email protected] އަށެވެ. އިތުރު މަޢުލޫމާތް ހޯދެއްވުމަށް 7983093 ގުޅުއްވުންއެދެމެވެ.
11 ޝަޢުބާން 1445
21 ފެބްރުއަރީ 2024