ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: ފުރަތަމަ ބުރު - އެޕްރީލް 2015

ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: ފުރަތަމަ ބުރު - އެޕްރީލް 2015

ސްކިލްސް ޝޯޓޭޖް ލިސްޓް ގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން

ކޯހުގެ ދާއިރާ:

ޤައުމު

ފެންވަރު ( (MNQF

ފުރުޞަތުގެ ޖުމްލަ

ލޯނުއެހީގެ މިންވަރު (ރުފިޔާ)

ދިވެހިރާއްޖެ

ޑިޕްލޮމާ

20

-/35،000 

ބެޗެލަރސް ޑިގްރީ

20

-/70،000

މާސްޓަރޒް ޑިގްރީ

10

-/40،000

ރާއްޖެއިން ބޭރު

ބެޗެލަރސް ޑިގްރީ

10

-/100،000

ޖުމްލަ

60

 

ފުރުޞަތުތަކުގެ ތަފްސީލު:

މިސްކީމުން ލޯނު އެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. އެހީއަށްއެދި ހުށައަޅާ ދަރިވަރަކީ މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. މިހާރު މަތީ  ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރެއް ކަމުގައި ބެލޭނީ، 1 އޭޕްރީލް 2015 ގެ ކުރިން ކިޔެވުން ފެށިފައިވާ ދަރިވަރުންނެވެ.

ށ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ މަރުކަޒަކުން ވެލިޑޭޓްކުރާ ކޯހެއް ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވުން. އިންޓާރންޝިޕް ހަދާދަރިވަރުން ވެސް މީގެތެރޭގައި ހިމެނޭނެއެވެ.

ނ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއްކަމުގައިވުން.

ރ. ޑިޕާރޓްމެންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަކޮށްފައިވާ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވުން.

ބ. މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން.

ޅ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހިލޭ އެހީގެ ގޮތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ކަމުގައިނުވުން.

ކ. ލޯނުއެހީ ލިބިގެން ކިޔަވައި ނިމިފައިވާ ދަރިވަރެއްނަމަ، ގަވާއިދުން ލޯނުއެހީގެ ފައިސާ، އަނބުރާ ދައްކަމުންދާ ދަރިވަރެއްކަމުގައިވުން.

އ. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މަތީ ތަޢުލީމަށް މާލީ އެހީއެއް ލިބިފައިވާ ދަރިވަރެއްކަމުގައި ނުވުން.

ވ. ލޯނުއެހީއަށް އެދި ހުށައަޅާ ކޯހަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކްގެ ލެވެލް 5 – 9 ގެ ކޯހެއްކަމުގައިވުން (ސްލޮޓްތައް ބެހިފައިވާ ގޮތުގެމަތިން)

ޝަރުޠުތައް

  • މި ސްކީމް ހުޅުވާލެވިފައިވަނީ ހަމައެކަނި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރިއްޔާއިން އެޕްލިކޭޝަން ފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށައަޅާ ސެޓްފިކެޓްތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚް އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި ސްކީމަށް ކެންޑިޑޭޓުން ހޮވުމަށް ހަމަޖެހިފައިވަނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެމަތީން ޕޮއިންޓްލިބޭ ދަރިވަރުންގެ ތަރުތީބުންނެވެ.
  • ޕޮއިންޓްގެ ގޮތުން، ފަހުޖާގައަށް/ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރު ވެއްޖެނަމަ، މިޖާގަ/ޖާގަތަކަށްލޯނުއެހީ ލިބޭ ދަރިވަރުން ހޮވާނީ ޤުރުއަތުންނެވެ.
  • ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާއި އުސޫލުގެ އެނެކްސްތައް މިޑިޕާޓްމަންޓްގެ ވެބްސައިޓް (www.dhe.gov.mv)އިން ލިބެންހުންނާނެއެވެ.
  • މި ސްކީމުގެ އުސޫލާއި މި އިޢުލާނުގައި ހިމެނިފައިވާ ޝަރުޠުތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެއެވެ.
  • މިއިޢުލާނުގައިވާ މުއްދަތު ހަމަވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅި ފަރާތުން އެއްވެސް އެޕްލިކޭޝަނަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެގޮތުން ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްވެސް މުއްދަތު ހަމަވުމަށްފަހު ބަލައެއް ނުގަނެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާރޓްމެންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށައެޅޭނެއެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަންފޯމާއި އުސޫލު 13 އޭޕްރީލް 2015 އިން ފެށިގެން 7 މެއި 2015 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހު 14:45 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާރޓްމެންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިޑިޕާރޓްމެންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާރޓްމެންޓްގެ ވެބްސައިޓްއަކީ: www.dhe.gov.mv އެވެ.
  • މިސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  1. އެޕްލިކޭޝަން ފޯމު.
  2. މަތީ ތޢުލީމުގެ ލޯނު ސްކީމް (މިހާރު ކިޔަވަންފަށާފައިވާ ދަރިވަރުންނަށް) – އެޕްރީލް 2015 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

އެޕްލިކޭޝަންފޯމު ބަލައިގަތުން އޮންނާނީ 2015 މެއި މަހުގެ 10 ން 14 އަށް ހެދުނު 9.00 ން ފެށިގެން 15:00 އާދެމެދުއެދުވަހަކަށް ދޫކޮށްފައިވާ ނަމްބަރުތައް ނިމެންދެން، ވެލާނާގޭ ދެވަނަ ތަޅުމުގައެވެ.

ސުންގަޑި:

ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު މި ޑިޕާރޓްމެންޓްގެ ކައުންޓަރުން ނަމްބަރު ލިބިވަޑައިގަންނަވާނެއެވެ. ނަމްބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށްވެސް މިމުއްދަތުގައި މި ޑިޕާރޓްމެންޓަށް ވަޑައިގަތުމުން ނަންބަރެއް ލިބިވަޑައި ގަންނަވާނެއެވެ. ވީމާ، ހުރިހާ ފަރާތްތަކުންވެސް 7 މެއި 2015 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.

ނަންބަރު ދޫކުރުން:

އިތުރު މަޢުލޫމާތު: މަތީ ތަޢުލީމުގެ ލޯންސްކީމްގެ އުސޫލާއި އުސޫލްގެ އެނެކްސްތައް އަދި އެޕްލިކޭޝަން ފޯމު ބެއްލެވުމަށްފަހު، ސާފުނުވާކަމެއް އޮވެއްޖެނަމަ، އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަމްބަރަށެވެ.

 

 

 

09 އޭޕްރިލް 2015
ހޯދާ