މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ އިން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކާއި ގުޅޭ:

އިޢުލާން            

ރ.ވާދޫ އިން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކާއި ގުޅޭ:

މި އިދާރާގެ ނަންބަރު (IUL)299/299/2024/8  (20 ފެބްރުއަރީ 2024) އިޢުލާނާއި އެކު އާންމުކުރެވިފައިވާ ލިސްޓްގައި އިދާރީ ކުށެއް ފާހަގަކުރެވިފައިވާތީ އެ އިޢުލާން ބާތިލްކޮށް އިސްލާހުކުރެވިފައިވާ ލިސްޓާއި އެކު އަލުން އިޢުލާންކުރީމެވެ.

2023 ވަނަ އަހަރު ރ.ވާދޫ އިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅުއްވާފައިވާ  2000 އަކަފޫޓުގެ  59 ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)299/299/2023/42 (19 ނޮވެމްބަރ 2023) ގެ އިޢުލާނަށް އިޖާބަދީ، ހުށަހަޅާފައިވާ ފޯމްތައް އިވަލުއޭޓްކުރުމަށްފަހު އެފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓްތައް އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މިގޮތުން އާންމުކުރެވިފައިވާ ލިސްޓްތައް ތިރީގައި އެވަނީއެވެ.

v       ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި، އެފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް

v       ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފޯމާއިއެކު ހުށަހަޅަން ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅާފައި ނުވާތީ ބާތިލުކުރެވުނު ފޯމުތައް

v       ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފޯމުގައި ޙަގީގަތާ ހިލާފު މައުލޫމާތު ދީފައިވާކަން ސާބިތުވެގެން ބާތިލުކުރެވުނު ފޯމުތައް

ވީމާ، އާންމުކުރެވުނު ލިސްޓްތަކާމެދު އެއްވެސް ޝަކުވާއެއްވާނަމަ މިއަދުންފެށިގެން 2024 ފެބްރުއަރީ 29 ވަނަދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާހުށަހަޅާނީ އެކަމަށް ޙާއްސަކުރެވިފައިވާ ފޯމު "ގޯއްޗަށް އެދުނު ފަރާތްތަކަށް ލިބުނު ޕޮއިންޓާއިމެދު ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު މިއިދާރާއިން އަދި މި އިދާރާގެ ވެބްސައިޓް (www.vaadhoo.gov.mv) އިން ލިބެން ހުންނާނެއެވެ.

‏11‏ ޝަޢްބާން‏ 1445

21 ފެބުރުވަރީ 2024
ހޯދާ