ދިވެހިރާއްޖެ
މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު
ރ. ދުވާފަރު ކައުންސިލްގެ އިދާރާއާއި މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން މެރިޓައިމް ކޯސްތަކެއް ހިންގުމަށްވަނީ ނިންމާފައެވެ. މި ކޯސްތައް ކުރިއަށް ގެންދެވޭނީ މިކޯސްތަކުގައި އެކަށީގެންވާ އަދަދަކަށް މީހުން ބައިވެރިވެގެންނެވެ.
ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު:
- · ނިޔަމިކޯސް 1 (ކޯސްފީ: -/5500)
- · ނިޔަމިކޯސް 2 ( ކޯސްފީ: -/2500)
- · މެރިންމެކޭނިކްސް ( ކޯސްފީ: -/ 2500)
- · ބޯޓްކްރޫސް (ފަޅުވެރިން) ( ކޯސްފީ: -/1800)
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ފެބްރުއަރީ 28 ވަނަދުވަހުގެ 14:00 ކުރިން ކޯހަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް އެދެމެވެ. އަދި ކޯހަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ ޢިއުލާން ކުރީމެވެ.
11 ސަޢުބާން 1445
21 ފެބްރުއަރީ 2024