މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢުމްރާ ދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށް
1436 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢުމްރާ ދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށްޓަކައި، މިހިނގާ އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ވާހަކަ އަންގައި އިޢުލާން ކުރަމެވެ. މިއަހުރުގެ ޢުމްރާ ދަތުރަށް މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ -/39965 (ތިރީސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަހެއް) ދިވެހިރުފިޔާއެވެ.
ފޯމާއި ފައިސާ ބަލައިގަތުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:15 އިން ފެށިގެން މެންދުރުފަހުގެ 13:00 ގެ ނިޔަލަށް ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3011000 އަށް ގުޅުއްވުން އެދެމެވެ.
20 ޖުމާދަލްއާޚިރާ 1436
09 އޭޕްރިލް 2015
ހޯދާ