ދިވެހިރާއްޖެ
އިޢުލާން
މާލެސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުނެ ޙާފިޡުން ހޯދުމަށް
1436 ވަނަ އަހަރުގެ ރަމަޟާން މަހު މާލެސިޓީގެ މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާ ފަރާތްތަކަށް މި މިނިސްޓްރީގެ ފަރާތުން ފައިސާގެ އެހީހެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.
- އެލަވަންސް ދެވޭނީ ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރެއްވޭނެ ކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރިއިން ޙިފްޘުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރެވޭނޭ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ލިބިފައިވާ ފަރާތްތަކަށެވެ.
- މި ފައިސާ ދެވޭނީ ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާ (ބިދޭސީ) ޙާފިޠަކަށް ކޮންމެ ރެއަކަށް -/200 ރުފިޔާއެވެ. އަދި ރާއްޖޭގެ ޙާފިޡަކަށް އިމާމްވެ ތަރާވީޙް ނަމާދު ކުރާ ކޮންމެ ރެޔަކަށް -/400 ރުފިޔާ އެވެ. މިގޮތުން ފައިސާ ދެވޭނީ ރެއަކަށް މިސްކިތަކަށް 2 އިމާމުންނަށްވުރެ އިތުރުނުވާ ގޮތަށެވެ.
- ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާ ފަރާތްތަކަށް ހުއްދަ ހޯދުމަށް އެދި 04 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުގެ މީހަކު ގެންނަ ނަމަ އެމީހަކު ރާއްޖެ ގެނައުމުގެ ކުރިން މި މިނިސްޓްރީން ހުއްދަ ހޯއްދަވަންވާނެއެވެ. އަދި އެފަރާތެއް ރާއްޖޭގައި ހުރުމަށް ބޭނުންވާ ސްޕެޝަލް ވިސާ ހޯއްދަވަންވާނެއެވެ.
- ރާއްޖޭގައި ހުރި ބިދޭސީއަކު ލައްވާ ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުވާނަމަ އެމީހެއްގެ ވޯކް ވިސާއާއި ޙާފިޡު ކަމުގެ ސެޓްފިކެޓް އޮންނަންވާނެއެވެ.
- އެލަވަންސް ލިބޭގޮތަށް ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމުގެ ހުއްދަ ހޯއްދެވުމަށް ހުށަހަޅުއްވާއިރު ތިރީގައިވާ ތަކެއްޗާއި މަޢުލޫމާތުތައް ހުށަހަޅުއްވަން ވާނެއެވެ.
ހ. ޙިފްޡުކޮށް (މުޞްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދުކުރާ ފަރާތުގެ ނަމާއި އެޑްރެސް އަދި މާލެސިޓީގެ މިސްކިތުގެ ނަން
ށ. ޙިފްޡުކޮށް (މުޞްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ ފަރާތުގެ ޙާފިޡު ކަމުގެ ސެޓްފިކެޓްގެ ކޮޕީ ނުވަތަ
ނ. ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރެވޭނެ ފަރާތެއްކަން އެނގޭނޭ ލިޔުމެއް، ކުއްލިއްޔާ ނުވަތަ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު އިން ލިބިފައިވާ ލިޔުމުގެ ކޮޕީ
ރ. ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ވޯކް ވިސާގެ ކޮޕީއާއި ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީ.
ބ. ރާއްޖެއިން ބޭރުން ގެންނަ ފަރާތެއްނަމަ އެމީހެއްގެ ޕާސްޕޯޓްގެ ކޮޕީ އާއި ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީ.
ޅ. ރާއްޖޭން ބޭރުން ގެންނަ ބިދޭސީއެއްނަމަ އެމީހެއް އެލަވަންސް ޖަމާކުރާނެ އެކައުންޓް ނަންބަރު އެނގޭނެ ލިޔުމެއް
ކ. ރާއްޖޭގެ ޙާފިޡެއްނަމަ އައިޑީކާޑުގެ ކޮޕީ