މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) އިން ކިޔަވާ ކުދިންނަށް ދޭ މާލީ އެހީ - އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު

އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު

 

އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) އިން

ކިޔަވާ ކުދިންނަށް ދޭ މާލީ އެހީ

 

 

އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) މަޝްރޫޢަކީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއިއެކު އަދި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު ދިވެހި ސަރުކާރުގެ ފަރާތުން މި މިނިސްޓްރީއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ޖުމްލަ ގޮތެއްގައި މި މަޝްރޫޢުގެ މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބަލަހައްޓައިގެން އެ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ވިލުން ވަރުގަދަކުރުމަށާއި، ތަރައްގީގެ ހަރަކާތްތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، އަދި ޤައުމީ ތަރައްގީގެ ރޭވުންތަކުގައި ގުދްރަތީ ރައުސްމާލުގެ ހިސާބު ކިތާބު (ނެޗުރަލް ކެޕިޓަލް އެކައުންޓް) ވަޒަންކުރުމެވެ.

 

ނެޗުރަލް ކެޕިޓަލް އެކައުންޓިންގ ގެ މަސައްކަތަކީ ރާއްޖެއަށް މުޅިން އާ، މިކަމުގެ ޓެކްނިކަލް އެކްސްޕާޓުން ނެތް ދާއިރާއެކެވެ. އެންދެރި ޕްރޮޖެކްޓުން މިހާރު މަސައްކަތް ކުރަމުން ދަނީ ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސް (ޔޫ.އެން.އެސް.ޑަބްލިއު) އާއި އެކު މިމަސައްކަތް ރާއްޖޭގައި ގާއިމުކޮށް، މިދާއިރާއަށް މީހުން ގެ ޝައުގުވެރިކަން އިތުރު ކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި މި މަސައްކަތްތައް ކުރަމުން ދާއިރު، ރާއްޖޭގެ ކިޔަވާ ކުދިންގެ މެދުގައި ނެޗުރަލް ކެޕިޓަލް އެކައުންޓިންގ އަދި އެކުދިންގެ ރިސާރޗް މި ދާއިރާއަށް އަލި އެޅުވުމަށް ޝައުގުވެރިކަން އިތުރު ކުރުމަށް މި ޕްރޮޖެކްޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

 

މިގޮތުން، އެންދެރި ސްޓޫޑަންޓް ގްރާންޓް ގެ ނަމުގައި، ޕޯސްޓް-ގްރެޖުއޭޓް ޕްރޮގްރާމް ހަދަމުންދާ، މި ދާއިރާ އަށް ޝައުގުވެރިކަން ހުންނަ ހުރިހާ ދިވެހި ދަރިވަރުންނަށް ނެޗުރަލް ކެޕިޓަލް ވެލުއޭޝަން އަދި އެކައުންޓިންގ ގެ ރިސަރޗް ސްޓަޑީޒް ތަކަށް އަދި ބަޔޯޑައިވަރސިޓީ ކޮންޒަރވޭޝަންގެ އިތުރުން ކޯޕަރޭޓް ސެކްޓަރގެ ވިޔަފާރިއާއި އެކައުންޓިންގ ޕްރޮފެޝަންތަކާ ގުޅުންހުރި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

 

ސްޓޫޑަންޓް ގްރާންޓަށް ޝައުޤުވެރިވާ ފަރާތްތައް، ފުރިހަމަކޮށްފައިވާ ކޮންސެޕްޓް ނޯޓާއި އެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 15 އެޕްރީލް 2024، ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިން [email protected] އަށް ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ. ހުށަހަޅަންޖެހޭ މައުލޫމާތުގެ އިތުރު ތަފްޞީލް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ވާ "ރިކުއެސްޓް ފޮރ އެޕްލިކޭޝަން"  ގައި ބަޔާންކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 

އެޕްލިކޭޝަން ހުށައަޅާނީ އީމެއިލްގެ ސަބްޖެކްޓްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

“ENDhERI Student Grant - (IUL)438-ENV/438/2024/70”

20 ފެބުރުވަރީ 2024
ހޯދާ