މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އިބާދާތު މަރާމާތު ކޮއްދޭނޭ ފަރާތެއް ހޯދުމާ ގުޅޭ

މިހާރު ނ. ކުޑަފަރީގައި ބޭނުންކުރަމުންދާ މަސްޖިދުލް ޢިބާދާތުގެ އުތުރު ފަރާތުގެ ފެންޑާބައިގައި ޖަހާފައިވާ ސަތަރިތައް ބައުވެ ހަލާކުވެފައިވާތީ އާއި މިސްކިތުގެ ޖާގަ އެންމެ އެކަށީގެންވާގޮތެއްގައި ބޭނުން ހިފުމަށްޓަކައި އަދި މަސްޖިދުލްޢިބާދާގެ އާބާތުރަފިލުވުމުގެ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދާން ބޭނުންވެ މިއިދާރާއިން ކުރި އިއުލާން ނަންބަރ (I)288/2024/014 އާއި ހަވާލާދީ ހުށަހަޅާފައިވާ ބީލަންތައްކުގެ އަގުބޮޑުކަމަށް ފެންނާތީ، އެ އިއުލާން ބާތިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނާއި އެކު ހިމެނިފައިވާ އަގު ހުށަހަޅާ ފޯމް އަދި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ އާއި ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް / ވިޔަފާރީގެ އިންފޮމޭޝަން ޕުރޮފައިލް ޝީޓާއެކު ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

20 ފެބުރުވަރީ 2024
ހޯދާ