ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS-189/IUL/2024/07
ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ހޯދުން
މި ސްކޫލްގެ ތިރީގައިމިވާ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
ހަވާލުކުރެވޭ ޒިންމާ: |
ލީޑިންގ ޓީޗަރ (ކީސްޓޭޖް 2) |
ބޭނުންވާ އަދަދު: |
01 (ލީޑިންގް ޓީޗަރ) |
ހަވާލު ކުރެވޭ މުއްދަތު: |
04 އަހަރު |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާމެންދޫ ސްކޫލް / ލ. މާމެންދޫ |
އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސް ދެވޭނެ މިންވަރު: |
ޓެނުއަރޝިޕް އެލަވަންސް -/2000 (ދެހާސް ރުފިޔާ) |
މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
ޝަރުޠު: |
ޓީޗަރެއްގެ ދާއިމީ މަގާމުގައި ހުރި އަދި "ސްކޫލް ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު" ގައި ބަޔާންކުރާ ޝަރުތު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު ތަޖުރިބާ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ލީޑިންގ ޓީޗަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނަށް އިޖާބަދީ، މަޤާމަށް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށަހަޅާ އެޕްލިކޭޝަން ފޯރމް. 2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓު ތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްޓުގެ ކޮޕީ؛ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 3. ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ. 4. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ)ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންނެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާ ކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ފެބްރުވަރީ 2024 ގެ 10:00 ގެ ކުރިން، ލ. މާމެންދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ސިޓީ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށ ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އިޢުލާނަށް ކުރިމަތިލުމަށް ހުށަހަޅާ ސިޓީ/ލިޔުން ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި އިޢުލާނަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
ލީޑިން ޓީޗަރުންނަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 25 ފެބްރުވަރީ 2024 އަދި 27 ފެބްރުވަރީ 2024 އާއި ދެމެދުއެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800549 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
10 ޝައުބާން 1445
20 ފެބްރުވަރީ 2024