އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލް ހޯލް މަރާމާތުކުރުން
ނަންބަރ: GS41-IUL/2024/02
އިޢުލާން
ސްކޫލް ހޯލްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް:
- މިސްކޫލްގެ ހޯލްގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުން، 28 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 13:30 ގައި މިސްކޫލްގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 04 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިރުޝާދިއްޔާ ސްކޫލް
ފޯން: 6891618
އީ-މެއިލް: [email protected]
10 ޝަޢުބާން 1445
20 ފެބްރުއަރީ 2024
20 ފެބުރުވަރީ 2024
ހޯދާ